ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ-- ފޮޓޯ: ޕީބީއެސް
ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ-- ފޮޓޯ: ޕީބީއެސް
ދުނިޔެ 20 Mar 2024 | 06:07

ކޮވިޑާއި ގުޅުން ހުރި މައުލޫމާތުތަކެއް އޮޅުވާލި ކަމުގެ ތުހުމަތުގައި ބްރެޒިލުގެ ކުރީގެ ރައީސަށް ދައުވާ ކުރަނީ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ބްރެޒިލް ގެ ރައީސް ކަމުގައި ހުންނަވަނިކޮށް ކޯވިޑް-19 ވެކްސިން ދިނުމުގެ މައުލޫމާތު އޮޅުވާލި ކަމަށް ތުހުމަތުކޮށް، އޭނާ ގެ މައްޗަށް ދައުވާ ކުރުމަށް އެ ގައުމުގެ ފުލުހުން އެދެފިއެވެ.

ފުލުހުން ބުނާ ގޮތުގައި ބޮލްސޮނާރޯ ވަނީ އޭނާ ހިމެނޭހެން، ގާތް އިތުރު 15 މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކުރިކަމަށް ބުނެ ބްރެޒިލްގެ ހެލްތު މިނިސްޓްރީ ސިސްޓަމަށް ދޮގު މައުލޫމާތު ތަކެއް އެންޓަރ ކުރަން އުޅެފައެވެ. ފުލުހުންގެ ޑިޓެކްޓިވް ފަބިއޯ އަލްވާރޭޒް ޝޯރ މި ދައުވާގައި ސޮއިކުރައްވައި ވިދާޅުވީ ބޮލްސޮނާރޯ އާއި އިތުރު ބައެއް މީހުން މިކަންތައް ކުރީ، ކޮވިޑް 19 އާއި ގުޅިގެން އެގައުމުގައި ސިއްހީ ގޮތުން ކަނޑައަޅާފައި ހުރި ހުރަސްތަކުން ސަލާމަތް ވުމުގެ ބޭނުމުގައި ކަމަށެވެ.

މިކަމާއި ގުޅިގެން ހިންގި ތަހުގީގުގައި، ނޮވެމްބަރު 2021 އާއި ޑިސެމްބަރު 2022 އާ ދެމެދު ދޮގު މައުލޫމާތަކެއް ހިމެނޭ ޑޮކިއުމެންޓް ތަކެއް ފެނިފައިވާއިރު، ބޮލްސޮނާރޯ އޮޅުވާލައިގެން ބޭނުންކޮށްފައި ހުރި ގިނަ ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން މައުލޫމާތު ދެއެވެ.

ބްރެޒިލްގެ ފުލުހުން ވަނީ މި މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ދޫކޮށްލާފައެވެ.

މީގެ ކުރިންވެސް، ބޮލްސޮނާރޯ ކޮވިޑް ގެ ވެކްސިނާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާއިރު އޭނާ ވަނީ ބްރެޒިލްގައި އެންމެ ވަރުގަދަ އަށް ކޮވިޑް ފެތުރުނު ދުވަސްވަރު ވެސް އެގައުމުގެ ރައްޔިތުން ކޮވިޑް ވެކްސިން ނުޖެހުމަށް ހިތްވަރުދޭ ފަދައިން ވާހަކަ ދައްކަވާފައެވެ.

ބޮލްސޮނާރޯ ގެ މައްޗަށް މި ތުހުމަތުތައް ކޮށްފައިމިވަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވުމުން އޭނާ ވެރިކަމުގައި ދެމި ހުރުމަށް ބަޣާވާތް ކުރަން އުޅުނު މައްސަލަ އާއި ބޮލްސޮނާރޯގެ ވެރިކަމުގައި ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ލަގްޒަރީ ގަޑިތަކެއް ވިއްކައިގެން ލިބުނު ފައިސާ ގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށެވެ. މީގެ އިތުރުންވެސް، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ސަބަބުން 2030 ވަނަ އަހަރާއި ހަމައަށް އެ ގައުމުގެ އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތިލުން ވެސް އެގައުމުގެ އިންތިހާބު ތަކާއި ބެހޭ އެންމެ މަތީ ކޯޓުން ވަނީ އޭނާ އަށް މަނާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.