އާ އަހަރާއި ދިމާކޮށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އާ އަހަރުގެ މުނާސަބަތާއި ދިމާކޮށް މަސްތުވާތަކެތި ހުއްޓުވުމުގެ ޚާއްސަ އޮޕަރޭޝަންެއެއް މޯލްޑިވްސް ޕޮލިސް ސަރވިސްެއިން ފައްޓައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ އާ އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުންކަމަށެވެ.
މި އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ނުވަތަ ފާރަގެމަވެސް ބޭނުންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އޮޕަރޭޝަންގައި ޑީއީޑީ އަދި ފުލުހުންގެ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ކަސްޓަމްސްވެސް ބައިވެރިވާނެއެވެ.
ކޮންމެ އާއަހަރަކާ ދިމާކޮށް ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދަކަށް މަސްތުވާތަކެއްޗާއި ބަނގުރާ ގެންދަނީ އަތުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް