ސިނަމާލެ ބްރިޖްމަތީގައި އަނެއްކާވެސް ބިރުވެރިކަން އުފެދޭގޮތަށް ސައިކަލް ދުއްވި މައްސަލައެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖްމަތީގައި އަނެއްކާވެސް އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް ސައިކަލް ދުއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލްގައި އިންމީހާ ވަނީ އެއް އަތް ދޫކޮށްލައިގެން އަދި އެއް ފަރާތަށް ދެފައި ލައިގެން ސައިކަލް ދުއްވާފައެވެ. މަގުތަކުގައި އެގޮތަށް ސައިކަލް ދުއްވުމަކީ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުމާ މުޅިން ހިލާފް ކަމެކެވެ. ސަބަބަކީ މަގުމަތީގައި އުޅަނދު ދުއްވަން ވާނީ ކޮންމެ ފަދަ ވަގުތެއްގައިވެސް އެ އުޅަނދެއް ކޮންޓްރޯލް ކުރެވޭ ހާލަތުގައި އިނދެގެން ކަމަށްވާތީއެވެ.
މިކަމާ ބެހޭގޮތުން ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިދިޔަ ޖުލައިމަހުވެސް ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖައްސާ އުސޫލުން ސައިކަލް ދުއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި ސައިކަލް ޓޯކޮށް އެ އުޅަނދު ދުއްވި މީހާ ވަނީ ޖޫރިމަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް