ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ރޭ އަލިފާނުގެ ހާދިސާއެެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ އާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ތިލަފުށި ގޮނޑުގައި އަލިފާން ރޯވިކަމުގެ ރިޕޯޓެއް ރޭ 21:30 ހާއިރު ލިބިފައިވާކަމަށެވެ. މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެތަނުގައި އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން ފަޔަރ ޓީމުން ހަރަކާތްތެރިވެފައިވާކަމަށެވެ.
ފުލުހުން ބުނީ އަލިފާން ނިއްވުމުގެ ކަންކަން ކުރިއަށްދިޔައިރު، މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ރޭ ވަރަށް ލަސްވިފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ކުނިތަކެއްގައެވެ. ނަމަވެސް އެތަނުގައި ރޯވީ ކީއްވެގެންކަން ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް