ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގަވާއިދާ ހިލާފަށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 12 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 20 ބިދޭސީއަކު ހިފަހައްޓައި، އެމީހުންގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފަ އެވެ.
އަދި މި މީހުންގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 12 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް