އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ ބޯޓެއް ގއ.ނިލަންދޫ ފަރަށް މިއަދު އަރައިފި އެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ މި ބޯޓު ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށް ވަރަށް ބޮޑަށް ވަނީ އަރާފައެވެ.
އަދި ބޯޓު ފުން ކުރުމަށް އެފްއެސްއެމްގެ އެހެން ބޯޓެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ނިލަންދޫ ކައުންސިލުން މައުލޫމާތު ދޭއިރު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން އަދި އެނގިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އާއި އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް