ސިއްދީގަށް ކްރިމިނަލް ކޯޓް ކައިރިން ހަމަލާދީފީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގަށް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އަލީ ހާޝިމް، ސްމިތް ހަމަލާދީފިކަމަށް ހަބަރުފެތުރެން ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ކްރިމިނަލް ކޯޓު ސަރަހައްދުގަައި، ސިއްދީގްއާއި ސްމިތާއި މެދު ދެބަސްވުމެއް ހިނގައި، ސްމިތް ވަނީ ސިއްދީގަށް ހަމަލާދީފައެވެ. މި މައްސަލަ ސިއްދީގުގެ ފަރާތުން މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށައަޅާފައެވެ. ސިއްދީގާއި ސްމިތްއާއި ދެމެދު ދެބަސްވުން ހިނގައިދިޔައީ ކޮން މައްސަލައެއްގައި ކަން އަދި ސާފެއް ނުވެއެވެ.
އެ ސަރަހައްދުގައި ހުރި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ މައިމޫން ބުނީ، ސިއްދީގް އަށް ސްމިތް ހަމަލާދީފައި ނުވާ ކަމަށާއި، ސިއްދީގް ފޯނު ނަގައި ވީޑިޔޯ ކުރަން އުޅުމުން، އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ސްމިތްގެ ނިޔަފަތިން، ސިއްދީގުގެ ތެޔޮހަމުން ތަންކޮޅެއް ކެނޑުނީ ކަމަށެވެ.
މި މައްސަލައިގައި ސްމިތް ވަނީ ހައްޔަރުކޮށް، ބަންދުގައި ހަތްދުވަހު ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.
ސިއްދީގަށް ދިން ހަމަލާ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ކުށްވެެރިކުރައްވާފައެވެ. މުންދު ވިދާާޅުވީ، އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެެރިކުރާ ކަމަށާއި، މިނިވަން ކަމާއި އެކު ހިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މި ހަމަލާާއިން ޕީޕީއެމްގެ އަޒުމަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް މުންދު ވަނީ ބަޔާންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް