އަދީބު ޖަލުން ނިކުތުމުން މެންބަރު ޔާމީން އަދީބްގެ ދިފާއުގައި ނިކުމެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ސިޔާސީގޮތުން ކުރިއަރައިދިއުމަށް މަސައްކަތް ކުރުމުން އެކަމާއި ހަސަދަވެރިވެ އެމަނިކުފާނު އިނދަޖައްސާލީކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ދިފާއުގައި ނިކުމެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި އޮތް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ އަދީބު އޮންނެވީ ނުކުރާ ކުށެއްގެ ތުހުމަތުގައި ތިން އަހަރު ޖަލުގައި ކަމަށެވެ. އަދި އެމަނިކުފާނު އޮންނެވީކީ ފިނިކުރި ކޮޓަރިއެއްގައެއް ނޫންކަމަށާއި އެމަނިކުފާނު އޮންނެވީ އެމަނިކުފާނަށް ވުރެ ކުޑަ ކޮންކްރީޓް އަށްޓެއްގައިކަމަށް ކުރިން ޕީޕީއެމްގައި ހުންނެވި މެންބަރު ޔާމީން ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ އަދީބަކީ ސިޔާސީގޮތުން ކުރިއަރައިދިއުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި އެކަމާއި ހަސަދަވެރިވެ އެމަނިކުފާނު އިނދަޖައްސާލީ ކަމަށް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް މެންބަރު ޔާމީން ފާހަގަކުރެވިފައިވަނީ ނިމިދިޔަ ސަރުކާރު ނިމެންދެން ރައީސް ޔާމީން އަދި މެޑަމް ފާތުންގެ އެންމެ އަރިހުގައި، އެބޭފުޅުންގެ ދިފާއުގައި މިފަދައިން ޖޯޝުގައި ވާހަކަފުޅުދައްކަވާފައެވެ.
ޔާމީން ވަނީ އަދީބު ޖަލުގައި އޮންނެވިއިރު އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރައްވާފައިނުވާތީ މައާފަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް