ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ އުފައްދަން ހުއްދައެއް ނުދިން!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދުމަށް އީސީއަށް ހުށައެޅި ސިޔާސީ ޕާޓީކަމުގައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އީސީން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެ ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ވުމުން އެ ހުއްދަ ދެވޭކަށް ނެތްކަމަށެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.
އަދުރޭ ވަނީ މިއަދުގެ ވަގުތެއްގައި ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އީސީއަށް ހުށައަޅައި އެޕާޓީން ވަކިވެ ވަޑައިގެންފައެވެ.
ބެލެވޭގޮތުގައި އެހެންކަމުން އަދުރޭ އަނެއްކާވެސް ޕީއެންސީ ރެޖިސްޓަރ ކުރުމަށް ހުށައަޅުއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް