ތިން އޮފީހަކަށް ގެއްލުންދީ، ވައްކަން ކުރި މީހާ ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނާ މޯލްޑިވްސް އޮފީހާއި، އަދި އިތުރު ދެ އޮފީހެއް ފަޅާލައި ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވީސް އިން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ އިނާ މޯލްޑިވްސްގެ އައިލޭންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ޤަޠަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލާގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ، ރ. މީދޫ ބުލްބުލާގޭ އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ތިން އޮފީހެއް ފަޅާލައި ވައްކަންކުރި ކަމުގެ މަޢުލޫމާތު، ފުލުހުންނަށް ލިބިފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެރޭ ދަންވަރުއެވެ.
މި މައްސަލަ ފުލުހުން ތަހުޤީގު ކުރަމުންދާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް