ފޯކައިދޫ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ބަޔަކު ރޯކޮށްލައިފިއެވެ.
”ވޮއިސް“ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފޯކައިދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 22:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ރޯކޮށްލާފައިވާ ސައިކަލަކީ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއް ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައިހުރި އޭނާގެ ސައިކަލެއް ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން އެއީ ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އޮފިސަރުގެ ސައިކަލެވެ.
ފުލުހުން އިތުރަށް ބުނީ، މި އަލިފާނުގެ ހާދިސާގައި އެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގޭގެ ގޭޓުގެ ބައެއް ބައިތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް