ޗީފް އޮފް ޑިފެންސް ފޯސްކަމުން ޝިޔާމް ވަކިކޮށް، އެމަގާމަށް ޝަމާލް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްކަމުގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝިޔާމް އެމަގާމުން ވަކިކޮށް، އެމަގާމަށް ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލް އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޝިޔާމް މަގާމުން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިރޭ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލްއަކީ، އެބޭފުޅާ ހުންނެވި މަގާމަށް އަލުން އިއާދަކުރުމަށް މިއަދު ހައިކޯޓުން ހުކުމްކޮށްފައިވާ ބޭފުޅެކެވެ.
މީގެ އިތުރުންވެސް މިރޭ ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވަކިކުރައްވާފައެވެ.
އެމަގާމަށް ޝާހިދުގެ ބަދަލުގައި އައްޔަންކޮށްފައިވަނީ ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް