ޝަކީލް އީސީ މެމްބަރު ކަމަށް އައްޔަނުކުރަން މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ފޮނުވައިފި އެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މެއި މަހުގައެވެ.
ޒާހިދުގެ ބަދަލުގައި ޝަކީލް އީސީ މެންބަރު ކަމަށް އައްޔަނު ކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
އެ ސިޓީގައިވާ ގޮތުން މަގާމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން ރައީސް އިހްތިޔާރު ކުރެއްވީ ހަމައެކަނި ޝަކީލް އެވެ.
އެ މައްސަލަ ކަމާ ގުޅޭ ކޮމޓީއަށް ވަނީ ފޮނުއްވާފައެވެ.
ޝަކީލަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް