ކަނދޮޅުދޫ މީހުންގެ ރަށްވެހިކަން ދުވާފަރަށް ބަދަލުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2004ވަނަ އަހަރުގެ ސުނާމީގެ ސަބަބުން މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެހިގެންދިޔަ ރ.ކަނދޮޅުދޫ މީހުން މިހާރު ދިރިއުޅެމުންދާ ދުވާފަރަށް އެ ރައްޔިތުންގެ ރަށްވެހިކަން ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދުވާފަރުގެ ރަށްވެހިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުންގެ ރަޖިސްޓްރީ ފަޅުރަށެއްގައި އޮތުންކަމަށާއި އެކަމަށް ހައްލެއް ގެންނަވާނެކަމަށެވެ. މިއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައިވެސް ދުވާފަރަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދެކެވެ.
އަދި ދުވާފަރަކީ ޕްލޭންކޮށްގެން އާބާދުކުރި ރަށެއްކަމުގައިވިޔަސް އެއީ މިހާރު ބިންފުރިފައިވާ ރަށެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރަށް ގޯތިދެވޭނެ ބިމެއް ނުވަތަ ފްލެޓް އެޅޭނެ ބިމެއް ނެތުމުން އެކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ބިންހިއްކުންކަމަށްވެސް ރައީސް ވަނީ ބަޔާންކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް