ބްރިގޭޑިއަރ ޖެނެރަލް ޝަމާލްއަށް އަލުން ވަޒީފާދޭން ހުކުމްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިފައިންގޭގެ ވަޒީފާއިން ވަކިކުރި އަބްދުﷲ ޝަމާލްއަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އެކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ، ޝަމާލްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ހައި ކޯޓަށް ހުށައެޅުމުން ކުރި ހުކުމްގައެވެ.
ބްރިގޭޑިއަރ ޖެނެރަލްއެއްގެ މަގާމުގައި ހުއްޓާ ޝަމާލް ސިފައިންގެ އިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަން ހާމަ ކުރުމުގެ ބޭނުމުގައި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކުރިކަމަށްބުނެއެވެ. އަދި ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށްވެސް ޝަމާލްގެ މައްޗަށް ތުހުމަތުކުރެއެވެ.
މި މައްސަލައިގައި ހައިކޯޓުން ނެރުނު ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި ޝަމާލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ސުވާލުނުކޮށެވެ. އަދި އެ ތުހުމަތުތަކަކީ ކޮބައިކަންވެސް ރަނގަޅަށް ބަޔާންކޮށްފައިނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިއަދުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ޝަމާލްހުރި މަގާމަށް އަލުން އަނބުރާ އިއާދަކުރުމަށްވަނީ އަމުރުކޮށްފައެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް