ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހައްދުގައި ބަހައްޓަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރޫޅާލެވުނު ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްފަހު ރަސްރަނި ބަގީޗާ ސަރަހައްދުގައި ބެހެއްޓުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައެވެ.
ކަޅުވަކަރު މިސްކިތް ރަސްެރަނި ބަގީޗާގައި ބެހެއްޓުމަށް ހެރިޓޭޖް މިނިސްޓްރީގެ ފަރާތުންވެސް ވަނީ ލަފާދީފައެވެ. ކުރިންވެސް ރަސްރަނި ބަގީޗާ ނުވަތަ ސަލްޓަން ޕާކުގެ ގޯތިތެރޭގައި ހުރި މި މިސްކިތް ރޫޅާލެވުނީ އެ މިސްކިތް ހުރިތަނުގައި ވިންޓަރ ކޯނަރއެއް ތަރައްގީ ކުރުމަށެވެ.
ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރޭވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް