މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފި އެވެ.
އެންޑީއެމްއޭ އިން ބުނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް ހުންނަ ހަނި ގޯލީގައި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ދޫގަސްވިލާގަ އެވެ. ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް