މަޑިފުށީގައި އަންހެނަކު ރޭޕުކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ މަރުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތ. މަޑިފުށީގައި އަންހެނަކު ރޭޕުކުރި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ ހިދުމަތަށް ހުށައެޅީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މީހާ މިހާރު މަރުވެފައިވާ ކަމަށެވެ.
އެ މީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ވެސް ބުންޏެވެ.
އަންހެން މީހާ ރޭޕްކުރި ކަމަށް ބުނި ނަމަވެސް އެ މީހާގެ އެ ވާހަކަތައް ރަށު މީހުން ގަބޫލެއް ނުކުރެ އެވެ. އެ އަންހެން މީހާ އަކީ އެފަދަ ގޮތްގޮތަށް އުޅޭ މީހެއް ކަމަަށް ވާހަކަ ދެކެވެ.
އެމީހާ އަކީ މަޑިފުށީ މީހެއް ނޫނެވެ. އަދި އެ މީހާ ރަަށުން ބޭރުކުރުމަށް ގޮވާލާ މަޑިފުށީ ބަޔަކު ވަނީ އިހުތިޖާޖު ކޮށްފަ އެވެ.
މައްސަލައިގެ ތުހުމަތު އަންހެން މީހާ ކުރި ފިިރިހެން މީހާ މަރުވީ އެފަދަ ތުހުމަތެއް އެޅުވުމުން ހިތްދަތި ވެގެން ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް