ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިން އަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކަލްބް ވޯލްޑް ކަޕްގެ ފައިނަލުގައި އަބޫ ދާބީގެ އަލް އައިން ބަލިކޮށް ރެއާލް މެޑްރިޑް ޖެހިޖެހިގެން ތިން އަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
މެޗުގައި ރެއާލްގެ ފަރާތުން ފެނުނު ލަނޑުތައް ކާމިޔާބު ކޮށްދިނީ މޮޑްރިޗް، ލޮރެންޓޭ އަދި ރާމޯސްއެވެ. ރެއާލްގެ ހަތަރުވަނަ ލަނޑަކީ އަލް އައިންގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވައިން ލަނޑެކެވެ. މެޗުގައި އަލް އައިންގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ވަރަށް ގާތްވެފައިވަނިކޮށް ޝިއޮޓާނީއެވެ.
ރެއާލްގެ ފަރާތުން މެޗުގައ ފެނުނީ ހަތަރު ލަނޑުކަމުގައި ވިޔަސް އެޓީމުން ވަނީ ޖުމްލަ 24 ޝޮޓް ހަދައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ފަހިކޮށްފައެވެ.
ރެއާލްގެ މި މޮޅާއެކު އެޓީމްވަނީ ކްލަބް ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށްވެފައެވެ. އެއީ ޖުމްލަ ހަތަރު ކްލަބް ވޯލްޑް ކަޕް ތައްޓާއެކުއެވެ.
ކްލަބް ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި އޭޝިއާގެ ޗެންޕިއަން އެންޓްލާސް އަދި ސައުތް އެމެރިކާގެ ޗެންޕިއަން ރިވާ ޕްލޭޓް ބައްދަލުކުރި މެޗު 4-0 ކުން ކާމިޔާބުކުރީ ރިވަ ޕްލޭޓްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް