ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު
ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު
ހަބަރު 29 Sep 2026 | 11:28

ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރަން އިންވެސްޓްމަންޓްތައް ބޭރުކުރީމާ ގެއްލުންވާނީ ރައްޔިތުންނަށް: އާޒިމާ

ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރަން އިންވެސްޓްމަންޓްތައް ބޭރުކުރީމާ ގެއްލުންވާނީ ރައްޔިތުންނަށް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކަމަނާ ވިދާޅުވީ ދިވެހިންގެ ގައުމީ ލަނޑުދަނޑިއަކީ 2040 ވަނަ އަހަރާ ހަމަޔަށް ތަރައްގީ ވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔުން ކަމަށާ މިކަން ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ވިސްނުންތަކެއް މި މިސްރާބަށް ބައްޓަންވާންޖެހޭ ކަމަށެވެ.

ތަރައްގީގެ ރާސްތާގައި ދިވެހިންނަށް އެންމެ ކަމުދާ ގައުމަކީ ސިންގަޕޫރު ކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ ސިންގަޕޫރުގެ ތަރައްގީ އަކީ އިޖްތިމާޢީ އަހްލާގާއި، ލަނޑުދަނޑިއަށް ވާސިލުވާން ތަރައްގީކުރި ގައުމީ ވިސްނުންތަކާއި އަދި ގައުމުގެ ކާމިޔާބީއާ ދެކޮޅަށް ރައްޔިތުން މަސައްކަތްނުކުރުމުގެ ނަތީޖާކަމުގައި ދެންނެވުމަކީ ކުށަކަށްނުވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް މިއަދު އޮންނާނޭ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދިވެހި އާބާދީ މުސްކުޅިވުމާ ދިމާލަށް މިސްރާބު ޖެހުމާއި ކަރުދާހުގައި ކުރެހިފައިވާ ދިވެހިންގެ އުންމީދުތައް ހަގީގަތަކަށް ބަދަލުކުރުމަށް ބޭނުންވާނޭ ތަމްރީނުވެފައިވާ އިންސާނީ ވަސީލަތްތަކާއި އެކަށީގެންވާ އިންވެސްޓްމަންޓްތައް ގެނައުމަށް ބޭނުންވާނޭ ފެކްޓާސް ފުރިހަމަ ކުރުން ކަމުގައި ވިދާޅުވި އެވެ.

"އެކަށީގެންވާ މުއްދަތެއް ލިބިނުދީ އެކަށީގެންވާ އިންވެސްޓްމަންޓްތަކެއް ނުގެނެވޭނެ. ކަންބޮޑުވާންޖެހެނީ 99 އަހަރަށް ކުއްޔަށް ދީގެނެއްނޫން. ކަންބޮޑުވާންޖެހޭނީ މުއްދަތުކުރުވިޔަސް ދިވެހި ދައުލަތުގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑުގެ ދަށުގައި އިންވެސްޓްމަންޓްތައް ނުހުންނަމަ ވާންޖެހޭ ކަންބޮޑުވުން. ބިން އަދި އިންވެސްޓްމަންޓް ދިވެހިރާއްޖޭގެ ސިޔާދަތީ އަދި ގާނޫނީ ބާރުވެރިކަމުގެ ދަށުން ނުނެއްޓެވޭނަމަ، ކުއްޔަށް ދިނުމުގެ މައްސަލައެއް އޮވެގެން ނުވާނެ. ކުއްޔަށް ދިނުމުން ލިބޭ ޤާނޫނީ ބާރުވެރިކަމާއި ބިން މިލްކުވުމުން ލިބޭ ގާނޫނީ ބާރުވެރިކަމުގައި ގާނޫނީގޮތުން ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ," އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ ޕޯސްޓްގައި ވިދާޅުވީ މިއަދުގެ ދުނިޔޭގައި ހުންނަ މަދުފައިސާ ގައުމަށް ގެނައުމަށް ގައުމުތަކުން ފޯރުކޮށްދޭން އެއްބަސްވާ ފުރުސަތުތައް ހުއްޓައި ދިވެހިރާއްޖެއަށް އިންވެސްޓްކުރުމަށް ބަޔަކު އައުމަކީ އެކަމަށް އީޖާބީ ނަޒަރަކުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރަން އިންވެސްޓްމަންޓްތައް ބޭރުކުރީމާ ގެއްލުން ވަނީ ވެރިމީހާ އަކަށްނޫން ކަމަށާ ގެއްލުންވަނީ ހުރިހާ ދިވެހިންނަށް ކަމުގައި ވިދާޅުވި އެވެ.

"މިކަން މިހާހިސާބަށް ސިޔާސީ ވިސްނުމުގައި ދިވެހިރާއްޖެއިން ފަހާލެވުނު ބޮޑެތި އިންވެސްޓްމަންޓްތަކާއި އެ ފައިސާ ދުނިޔޭގައި ދެން އިންވެސްޓްކުރެވުނު ގޮތްތަކުން އެހެރީ ފެންނާން," އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ ޕޯސްޓްގައި ވަނީ އެކަމަނާގެ އެ ވާހަކަތަކާއި ގުޅިގެން ޖީއެމްއާރު ބޭރުކުރި ވާހަކަ ދައްކާ މީހުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފަ އެވެ.

އެކަމަނާ ވިދާޅުވީ ޖީއެމްއާރްގެ މައްސަލައަކީ ދިވެހިރާއްޖޭގެ މާލީ، ގައުމީ ސަލާމަތާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ސީދާ ގޮންޖެހުންތަކެއް ހުރެގެން ބާތިލުކުރަންޖެހުނު އެއްބަސްވުމެއް ކަމަށެވެ. އަދި އެކަންކަން އިސްލާހުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ބާތިލުކުރަން ޖެހުނު އެއްބަސްވުމެއް ކަމުގައި ވިދާޅުވި އެވެ.

މިއަދު މިފެންނަ އެއާޕޯޓު އަދި އެއާޕޯޓުގެ ފައިދާ ދިވެހިންނަށް ލިބުމަށް މަގުފަހިވެގެން ދިޔައީ އެއްބަސްވުން ބާތިލުކުރީމާ ކަމަށާ އެއްބަސްވުން އޮތްނަމަ ކަންވެދާނޭގޮތް އެކި ފަހަރު އެކި ޕްލެޓްފޯމްތަކުން ދިވެހިން ވާނީ އަޑުއަހާފައި ކަމަށެވެ.

ދިވެހިންގެ މަސައްކަތުން ތަރައްގީ ކޮށްފައިވާ ކުންފުނިތަކުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކައި ދިވެހިރާއްޖޭގެ އިގްތިސާދުގެ އަދި ކްރިޓިކަލް އިންފްރަސްޓްރަކްޗަގެ ކޮންޓްރޯލް ބޭރުގެ މީހުންނަށް ހަވާލުކުރުމާއި ކަނޑުމެދުން ހިއްކައި އެއްވެސް ވަސީލަތެއްނެތް ފަސްގަނޑެއްގައި ތަރައްގީގެ މަޝްރޫއު ހިންގައި ތަން އާބާދުކުރުމަށް ފުރުސަތު ދިނުމާ ވަރަށް ތަފާތު ކަމުގައި އާޒިމާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.