ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހދ. ނޮޅިވަރަމް ފުޓްސެލް ދަނޑުގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯވިކަމުގެ މައުލޫމާތު ރޭ ވަގުތެއްގައި ލިބިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ. އަދި އެތަނުގައި ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމެއް ވެސް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ‘ވޮއިސް’ އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ މެންބަރަކު ބުނީ އެތަނުގައި ރޯ ކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާ އެކަމުގެ މައުލޫމަތު ލިބުނީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އަދި މިހާރު އެ ރަށުގައި، އެ ފުޓްސެލް ދަނޑުގައި މުބާރާތެއްވެސް ކުރިއަށްދާއިރު، ރޯކޮށްލުމުގެ ސަބަބުން އެ މުބާރާތްވެސް ދެން އެ ދަނޑުގައި ކުރިއަށް ނުގެންދެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާބުނީ، ފުޓްސަލް ދަނޑުގައި އެކްސިޑެންޓް އަކުން ރޯވީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ، އެހެނެއް ކަމަކު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް