ޤަވާއިދާ ހިލާފަށް ހުރި ސައިޓްތައް ޓުވިޓާ މެދުވެރިކޮށް އަންގަވާލަދެއްވާ - މާލޭ ސިޓީ ކައުންސިލް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޤާވާއިދާ ޙިލާފަށް މާލެ ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތައް ޓުވިޓާ މެދުވެރިކޮށް އަންގަވައި ދެއްވުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކުރައްވައިފިއެވެ.
މިކަމަށް ކައުންސިލުން އިލްތިމާސްކުރައްވާފައިވަނީ އިއްޔެ ހެނދުނު މާލެ ނަލަ ހިޔާ ސަރަހައްދުގައި ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއްވެއްޓުމުގެ ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަމާއު ވިދާޅުވިގޮތުގައި ވަސީލަތްތަކުގެ ދަތިކަމާއި މުވަޒަފުންގެ ދަތި ހުރުމުން މިވަގުތު އާންމުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދޭކަމަށެވެ.
ސަމާއުގެ ވާހަކަފުޅުގައި ސިޓީކައުންސިލަށް ބާރުތައް ލިބުނުތާ އަދި ވީ ހަތްވަރަކަށް ދުވަސްކަމާއި މުޅިން އަދިވެސް ކަންކަން ހަމަޖެހި ފުރިހަމަ ނުވާކަމަށެވެ. މުޅި މާލެ ބެލުމަށް ސިޓީކައުންސިލަށް ލިބިފައިވަނީ 7 މުވަޒަފުންކަން ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އާންމުންގެ މިފަަދަ ނުރައްކާތެރި ސައިޓްތަކާއި މާލޭގެ މަގުމަތީގައި ބެހެއްޓިފައިވާ ނުރައްކާތެރި ތަކެތި ޓުވިޓާ މެދުވެރިކޮށް ސިޓީ ކައުންސިލަށް އެންގެވުމަށް ވަނީ އެދިފައެވެ.
އެގޮތުން ހޭސްޓޭގް އަންސޭފްސައިޓް ނުވަތަ މާލެ ސިޓީ ކައުންސިލް ޓެގްކުރައްވައި މިދަފަ ތަންތަން އެކައުންގެ ސަމާލުކަމަށް ގެނައުމަށް އެކައުންސިލުން އެދެއެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރ ހަމްނާ ވިދާޅުވިގޮތުގައި މިރޭގެ 8 ފެށިގެން ގިނަ އަދަދެއްގެ ތަންތަނުގެ މައުލޫމާތު މިހާތަނަށް ވެސް ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް