ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 1:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ. އެމީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނަމަވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. މަރުވެފައިވަނީ ކުޅުދުއްފުށި, ބަޑިދަސްގަޑުގެ ސުލައިމާން ހުސައިންނެވެ.
އެ މަރާއި ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް