ޕާޓީއެއް އުފައްދަނީ ދަރަނި ނުދެއްކުމުގެ ނިޔަތުގައިކަމަށް ބެލެވޭ: ރިޔާޒު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދަރަނިތަކެއް އޮއްވައި އާ ޕާޓީއެއް އުފައްދަނީ އެ ދަރަނިތައް ނުދެއްކުމުގެ ނިޔަތުގައިކަމަށް ބެލެވޭކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާޒު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް އެތައް ފައިސާއެއް ދައްކަން އޮއްވައި އެފައިސާ ނުދައްކާ އެހެން ޕާޓީއެއް އުފައްދަނީ ދަރަނި ނުދެއްކުމުގެ ނިޔަތުގައިކަމަށް ބެލެވޭ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާހިނދު، އެމަނިކުފާނު މިހާރު ހިންގަވާ ޕީޕީއެމްއިން ވަނީ މޯލްޑިވިއަންފަދަ ސަރުކާރުގެ ކުންފުނިތަކަށް ދަރާފައެވެ.
ރިޔާޒު އިތުރަށްވަނީ ޕީޕީއެމް ދިރުވާލާފައި އާ ޕާޓީއެއް އުފައްދާއިރު ހަމަ އަތްޖަހަންވީތޯވެސް ސުވާލު އުފައްދަވާފައެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވާނީ ފައިސާގެ ހީލަތްތެރި ރޭވުމެއްގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް