ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
ރޯވެފައިވަނީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ބަަޔަކަށް ފަރުވާ ދޭން ވެސް ޖެހުނެވެ. ނަމަވެސް އެ މީހުންގެ ހާލަތެއް ނެތެވެ.
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ. އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދީންނެވެ.
ގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް