މޮރޮކޯއިން އިސްރާއިލާއެކު ގުޅުން ބަދަހިކުރުން
މޮރޮކޯއިން އިސްރާއިލާއެކު ގުޅުން ބަދަހިކުރުން
ދުނިޔެ 17 Sep 2026 | 04:18

މޮރޮކޯގައި އިސްތިއުމާރީ އިސްރާއީލުގެ އެމްބަސީ ހުޅުވައި ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ

އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްތިއުމާރީ އިސްރާއީލުން ޑިޕްލޮމެޓިކް ގުޅުން އެމްބަސީ ފެންވަރަށް ބަދަލުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވީ އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ވޯލްޓްޒް އާއި މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބުރީތާ އަދި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ އެވެ. ތިން ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން އިސްރާއިލާ މޮރޮކޯގެ ޑިޕްލޮމެޓިކް މިޝަންތައް ފުރިހަމަ އެމްބަސީތަކަކަށް ބަދަލުކޮށް ސަފީރުން ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. ހަމައެއާއެކު އެއާލައިންތައް ހިމެނޭހެން ސީދާ ވައިގެ ދަތުރުތައް ރަބާތާއި ތެލް އަވީވާ ދެމެދު އަލުން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޤުތިޞާދީ ދާއިރާއިން ވެސް ގުޅުން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް ރޭވިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އިންވެސްޓްމަންޓުތައް ރައްކާތެރިކުރުމާއި ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާ ގުޅޭ އެއްބަސްވުންތައް މި އަހަރު ނިމުމުގެ ކުރިން ފައިނަލް ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ޓެކްނޮލޮޖީ ސަލާމަތީ އަދި އީޖާދީ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް ކުރިއަށް ހުރި މަސްތަކުގައި މަތީ ފެންވަރުގެ ދަތުރުތައް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

އެ ބައްދަލުވުމުގައި އެމެރިކާ އާއި އިސްރާއީލުން ވަނީ ވެސްޓަން ސަހަރާގެ މައްޗަށް އޮތް މޮރޮކޯގެ ސިޔާދަތީ ބާރު ބަލައިގެންފައެވެ. އެ ސަރަޙައްދަށް އަމިއްލަ ވެރިކަމެއް ދިނުމަށް މޮރޮކޯއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެ ޒަމާންވީ މައްސަލައަށް އޮތް ހަމައެކަނި އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލު ކަމަށް ދެ ފަރާތުން ސިފަކޮށްފައިވެއެވެ. މި ގުޅުން ބަދަހިކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދާކުރި ދައުރު ފާހަގަކޮށް މޮރޮކޯ އާއި އިސްރާއީލުން ވަނީ ޓްރަމްޕަށް ތަޢުރީފުކޮށްފައެވެ.

މި ނިންމުން ބިނާވެފައި ވަނީ 22 ޑިސެމްބަރު 2020 ގައި ސޮއިކުރެވުނު އަބްރަހަމް އެކޯޑްސްގެ އޮނިގަނޑުގެ މައްޗަށެވެ. ބުދަ ދުވަހު ބޭއްވި މި ބައްދަލުވުން ދިމާކޮށްފައި ވަނީ ޔޫއޭއީ އާއި ބަހްރޭނުން އިސްރާއީލާ އެކު ގުޅުން ޤާއިމުކުރި އެ އެއްބަސްވުމުގެ ހަ ވަނަ އަހަރީ ދުވަހާއެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން އިސްރާއީލާއި އެމެރިކާ އަދި މޮރޮކޯގައި ދިރިއުޅޭ ޔަހޫދީ ދަރިކޮޅުގެ މީހުންނާއި މޮރޮކޯގެ ރަސްކަމާ ދެމެދު އޮތް ތާރީޚީ ގާތްކަމަކީ މި ގުޅުމުގެ ބިންގާ ކަމުގައި ދެ ފަރާތުން ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް ފާތިމާ ޒަހްރާ
30 Sep 2026 ދުނިޔެ

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް ފާތިމާ ޒަހްރާ

މޮރޮކޯގެ ޕާލަމެންޓް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕެމް) ގެ ފާތިމާ ޒަހްރާ އަލް މަންސޫރީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމަށް އައް...

ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް
08 Jul 2026 ކުޅިވަރު

ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީގެ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ....

އެފްކޮންގެ ސެމީފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި
10 Jan 2026 ކުޅިވަރު

އެފްކޮންގެ ސެމީފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ސެމީފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ މޮރޮކޯއިން ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގައެއް މޮރޮކޯ ކަށަވަރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ކެމަރޫން އާ ދެކޮ...

މޮރޮކޯއަށް އެހީވުމަށް އައިއޭސީ އާއި ރޭސިންގ އެސޯސިއޭޝަން އެއްބަސްވުމަކަށް!
20 Sep 2023 ހަބަރު

މޮރޮކޯއަށް އެހީވުމަށް އައިއޭސީ އާއި ރޭސިންގ އެސޯސިއޭޝަން އެއްބަސްވުމަކަށް!

މޮރޮކޯއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އައިއޭސީ އިން މޮރޮކޯގައި ހާލުގައި ޖެހުފައިތިބި މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ...

އައިއޭސީ އިން މޮރޮކޯގައި އެހީ ބަހަންފަށައިފި
16 Sep 2023 ހަބަރު

އައިއޭސީ އިން މޮރޮކޯގައި އެހީ ބަހަންފަށައިފި

މޮރޮކޯއަށް 9 ސެޕްޓެމްބަރު ގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހުނު މޮރޮކޯގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބަހަން ފަށައިފިއެވެ. އައިއެސީ އިން ބ...

މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން ދިރިއުޅުން އަލުން ފަށާނެ ގޮތެއް ނޭނގިފައި
14 Sep 2023 ހަބަރު

މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން ދިރިއުޅުން އަލުން ފަށާނެ ގޮތެއް ނޭނގިފައި

8 ސެޕްޓެމްބަރ ވީ ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގައި ސަލާމަތްވެ އެތައް ބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ. ބިންހެލުން އައި ސަރަހައްދުގައި އޮންނަ  އިޖޫކަކް ކިޔާ އަވަށެއްގެ ...