ސެމީގެ ޖާގައެއް ކަށަވަރުކުރުމަށްފަހު މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ..
ސެމީގެ ޖާގައެއް ކަށަވަރުކުރުމަށްފަހު މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ..
ކުޅިވަރު 10 Jan 2026 | 05:25

އެފްކޮންގެ ސެމީފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ސެމީފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ މޮރޮކޯއިން ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ޖާގައެއް މޮރޮކޯ ކަށަވަރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ކެމަރޫން އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް މޮރޮކޯ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗްގައި މޮރޮކޯއަށް ގޯލް ހުޅުވާލަދިނީ، 26 ވަނަ މިނެޓް ތެރޭގައި ކާބީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއާޒް އެވެ. މޮރޮކޯގެ ދެވަނަ ލނަޑު ކާމިޔާބުކޮށްދިނީ 74 ވަނަ މިނެޓް ތެރޭގައި ސައިބާރީއެވެ. މެޗްގައި ޑިއާޒް ކާމިޔާބުކޮށްދިން ލަނޑަކީ މުބާރާތުގައި އޭނާޖެހި 5 ވަނަ ލަނޑެވެ. ކުޅުނު ފަސް މެޗްގައި ޑިއާޒް ސްކޯކޮށްފައިވާއިރު، މިއީ އެފްކޮންގައި މޮރޮކޯގެ ކުޅުންތެރިއަކު ކޮންމެ މެޗެއްގައި ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

އެފްކޮން ސެމީފައިނަލުގައި މޮރޮކޯ ބައްދަލުކުރާނޭ ޓީމެއް އެނގޭނީ، ނައިޖީރިއާ އާއި އަލްޖީރިއާ ބައްދަލުކުރާ މެޗަށްފަހުއެވެ.

އެފްކޮންގެ ސެމީގެ ޖާގައެއް ހޯދި އަނެް ޓީމަކީ ސެނެގާލެވެ. ސެމީގެ ޖާގައެއް ސެނެގާލް ހޯދާފައިވަނީ، 0-1 ގެ ނަތީޖާއަކުން މާލީ ބަލިކުރުމަށްފަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.