ފާތިމާ ޒަހްރާ
ފާތިމާ ޒަހްރާ
ދުނިޔެ 30 Sep 2026 | 07:12

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް ފާތިމާ ޒަހްރާ

މޮރޮކޯގެ ޕާލަމެންޓް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕެމް) ގެ ފާތިމާ ޒަހްރާ އަލް މަންސޫރީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމަށް އައްޔަނުކުރެވުނު އަންހެން ބޭފުޅާގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަގެ ނިންމެވުމާ އެކު ފާތިމާ ޒަހްރާ ވެފައިވަނީ ޢަރަބި ދުނިޔޭގައި ސަރުކާރެއް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ދެވަނަ އަންހެން ލީޑަރަށެވެ. މީގެ ކުރިން ތޫނީސިއާގެ ނަޖުލާ ބޫދެން ވަނީ އެ ޤައުމުގެ ބޮޑުވަޒީރުކަން ކޮށްފައެވެ.

ޢުމުރުން 50 އަހަރުގެ ފާތިމާ ޒަހްރާއަކީ ދެ ދައުރެއްގައި މައްރާކިޝްގެ މެޔަރުކަން ކުރައްވައި ކުރީގެ ސަރުކާރުގައި ވަޒީރުކަންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ރަސްގެފާނު މި މަގާމަށް އޭނާ ހޮއްވެވީ ހަމަ އެ ޕާޓީގެ ވާދަވެރި މޮރޮކޯގެ ފުޓުބޯޅައިގެ ވެރިޔާ ފައުޒީ ލެކެޖާ އާ ވާދައިގައެވެ.

ގާނޫނީ ޢިލްމު ހާސިލްކުރެއްވި ފާތިމާ ޒަހްރާ ވެރިރަށް ރަބާތުގެ މުޙައްމަދު ފަސްވަނަ ޔުނިވާސިޓީން ތަޢުލީމު ހާސިލްކުރެއްވުމަށްފަހު ފަރަންސޭސިވިލާތާއި އެމެރިކާގައި ވިޔަފާރި ގާނޫނުގެ ދާއިރާއިން ޚާއްޞަ ތަމްރީނު ހައްދަވާފައިވެއެވެ. 2008 ގައި ޕެމް އުފެދުމާ އެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން 2009 ގައި މައްރާކިޝްގެ ފުރަތަމަ އަންހެން މެޔަރަށް ވެވަޑައިގެންނެވިއެވެ. ފެބްރުއަރީ 2024 ގައި ޕެމްގެ ލީޑާޝިޕް ކޯލިޝަންގެ ކޯޑިނޭޓަރުކަމާ ހަވާލުވެވަޑައިގެންނެވިއެވެ.

97 ގޮނޑި ލިބުނު ޕެމްއަށް ސަރުކާރެއް އެކުލަވައިލެވޭނީ 395 މެންބަރުންގެ ޕާލަމެންޓުގައި މަދުވެގެން 198 ގޮނޑީގެ ތާއީދު ހޯދައިގެން ކަމުން ކޯލިޝަން ޕާޓްނަރެއް ހޯދުން ލާޒިމުވެއެވެ. ނަމަވެސް ކުރީ ސަރުކާރުގައި އިސް ދައުރު އަދާކުރި ނެޝަނަލް ރެލީ އޮފް އިންޑިޕެންޑެންޓްސް (އާރުއެންއައި) އާ ޕެމްގެ ގުޅުން ވަނީ ގޯސްވެފައެވެ.

މީގެ އިތުރުން ކުރީ އިންތިޚާބުގައި 13 ގޮނޑިން 54 ގޮނޑިއަށް ކުރިއެރި ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޕީޖޭޑީ) ގެ ލީޑަރު ކުރީގެ ބޮޑުވަޒީރު ޢަބްދުލް އިލާހް ބެންކީރާން ވަނީ ޕެމް އާ ގުޅިގެން މަސައްކަތްކުރައްވަން ދެކޮޅު ހައްދަވައި އިދިކޮޅުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ. މޮރޮކޯއަކީ ޤާނޫނީ ރަސްކަމެއް ނަމަވެސް ސިޔާސީ ގިނަ ބާރުތައް ޢަމަލީ ގޮތުން އޮތީ ރަސްގެފާނުގެ އަތްޕުޅުމަތީގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

މޮރޮކޯގައި އިސްތިއުމާރީ އިސްރާއީލުގެ އެމްބަސީ ހުޅުވައި ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ
17 Sep 2026 ދުނިޔެ

މޮރޮކޯގައި އިސްތިއުމާރީ އިސްރާއީލުގެ އެމްބަސީ ހުޅުވައި ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ

އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްތިއުމާރީ އިސްރާއީލުން ޑިޕްލޮމެޓިކް ގުޅުން އެމްބަސީ ފެންވަރަށް ބަދަލުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން...

ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް
08 Jul 2026 ކުޅިވަރު

ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީގެ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ....

އެފްކޮންގެ ސެމީފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި
10 Jan 2026 ކުޅިވަރު

އެފްކޮންގެ ސެމީފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ސެމީފައިނަލުގެ ޖާގައެއް މުބާރާތް ބާއްވާ މޮރޮކޯއިން ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގައެއް މޮރޮކޯ ކަށަވަރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ކެމަރޫން އާ ދެކޮ...

މޮރޮކޯއަށް އެހީވުމަށް އައިއޭސީ އާއި ރޭސިންގ އެސޯސިއޭޝަން އެއްބަސްވުމަކަށް!
20 Sep 2023 ހަބަރު

މޮރޮކޯއަށް އެހީވުމަށް އައިއޭސީ އާއި ރޭސިންގ އެސޯސިއޭޝަން އެއްބަސްވުމަކަށް!

މޮރޮކޯއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އައިއޭސީ އިން މޮރޮކޯގައި ހާލުގައި ޖެހުފައިތިބި މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ...

އައިއޭސީ އިން މޮރޮކޯގައި އެހީ ބަހަންފަށައިފި
16 Sep 2023 ހަބަރު

އައިއޭސީ އިން މޮރޮކޯގައި އެހީ ބަހަންފަށައިފި

މޮރޮކޯއަށް 9 ސެޕްޓެމްބަރު ގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހުނު މޮރޮކޯގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބަހަން ފަށައިފިއެވެ. އައިއެސީ އިން ބ...

މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން ދިރިއުޅުން އަލުން ފަށާނެ ގޮތެއް ނޭނގިފައި
14 Sep 2023 ހަބަރު

މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން ދިރިއުޅުން އަލުން ފަށާނެ ގޮތެއް ނޭނގިފައި

8 ސެޕްޓެމްބަރ ވީ ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގައި ސަލާމަތްވެ އެތައް ބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ. ބިންހެލުން އައި ސަރަހައްދުގައި އޮންނަ  އިޖޫކަކް ކިޔާ އަވަށެއްގެ ...