ތެލެސީމިޔާ ކުދިންގެ ބޭސް ހުރިހާ ރަށަކުން މިހާރު ލިބޭނެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ބޭސްތައް ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހަމަޖައްސައިފިއެވެ.
މިގޮތަށް އެ މިނިސްޓްރީން މިއަދު ހާމަކޮށްފައިވަނީ ލެޔާއި ބެހޭ ގައުމީ ވައުދު އިފްތިތާހުކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ފިހާރަތަކުގެ ދަށުން ތެލެސީމިޔާ ބޭސް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ލިބޭނެގޮތް ހަމަޖައްސަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ލޭ ރައްކާކުރާނެ ނިޒާމްތައް ރާއްޖޭގެ އަތޮޅު ހޮސްޕިޓަލްތަކުގައި ގާއިމްކޮށްފައި ވީނަމަވެސް، އެ ނިޒާމް ހުރިހާ ހޮސްޕިޓަލްތަކުގައި ލިބެން ނެތްކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މިކަންކަމުގެ އިތުރުން ތެލެސީމިއާ ކުދިންގެ އަދަދު މަދު ކުރުމަށްޓަކާ ގައުމީ ފެންވަރުގައި ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމް ފެށުމަށްވެސް ވަނީ ނިންމާފަައިވާކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް