އެކި ދާއިރާތަކުން ގދ. ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގައްދޫގެ ބިނާވެށި ޕްލޭންގައި، ގައްދޫގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނިފައިވާ ފަޅު ރަށެއް ކަމުގައިވާ ގދ.ގަމުގައި، އެކި ދާއިރާތަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުހުޅުވާލައިފިއެވެ.
އެގޮތުން ޝައުގުވެރިވާ ރާއއޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެލްއޯއީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
ގައްދޫ ކައުންސިލުން ބުނި ގޮތުގައި، ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކުންފުނިތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.
މަޝްރޫއުތައް ހިންގޭނެ ދާއިރާތައް
- ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
- ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
- މަސްވެރިކަމާއި ގުޅުންހުރި ކަންކަން
- ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންއާ ގުޅުންހުރި ކަންކަން
- ރިސާޗިންއާ ގުޅުންހުރި ކަންކަން
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެދިފައިވެއެވެ. އެލްއޯއީ އަދި ގުޅުންހުރި ޑޮކިއުމަންޓްތައް ހުށަހަޅާނީ [email protected] މެއިލް އަށް ކަމަށް ބުނެފައުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް