ފްލައިޑުބާއި ގެ ފްލައިޓެއް
ފްލައިޑުބާއި ގެ ފްލައިޓެއް
ދުނިޔެ 30 Sep 2026 | 07:53

އިސްރާއީލަށް ދަތުރުކުރި ފްލައިޓެއް ޕައިލެޓުން މާރާމާރީ ހިންގައިގެން އެމެޖެންސީގައި ސައޫދީއަށް ޑައިވާޓުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދުބާއީން ފުރައިގެން އިސްތިއުމާރީ އިސްރާއީލަށް ދަތުރުކުރަމުން ދިޔަ ފްލައިޑުބާއީގެ ފްލައިޓެއް ދެ ޕައިލެޓުންގެ މެދުގައި މާރާމާރީ ހިނގައިގެން އެމެޖެންސީ ސިގްނަލް ފޮނުވުމަށްފަހު ސައޫދީ ޢަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ޖައްސައިފިއެވެ.

މި ހާދިސާ ހިނގީ ފްލައިޓް ނަންބަރު އެފްޒެޑް 1073 ގައެވެ. ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓް ރެޑާ 24 އިން ހާމަކޮށްފައިވާ ގޮތުގައި ބޮއިން 737 މަރުކާގެ އެ ބޯޓު ޢުރުދުންގެ ވައިގެ ސަރަޙައްދު ހުރަސްކުރަމުން ދަނިކޮށް ފުރަތަމަ ޢާންމު އެމެޖެންސީ ސިގްނަލެއް ފޮނުވި ކަމަށެވެ.

އޭގެ ދެތިން މިނެޓު ފަހުން ޤާނޫނާ ޚިލާފު ހަރަކާތެއް ހިނގާފާނެ ކަން ދޭހަވާ ދެވަނަ އެމެޖެންސީ ސިގްނަލެއް ވެސް ފޮނުވި ކަމަށް އެ ވެބްސައިޓުން ބުނެފައިވެއެވެ. ބޯޓު ސައޫދީ ޢަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮންނަ ތަބޫކް އެއާޕޯޓުގައި ޖެއްސީ އެ ސިގްނަލް ޢާންމު އެމެޖެންސީ ސިގްނަލަކަށް ބަދަލުކުރުމަށް ފަހު ކަމަށް ފްލައިޓް ރެޑާ 24 އިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ މި ހާދިސާއަކީ ބޯޓު ހައިޖެކް ކުރުމެއް ކަމުގައި ކުރިން ބުނި ނަމަވެސް އެއީ އެފަދަ ކަމެއް ކަމުގައި ނުބެލެވޭ ކަމަށެވެ. ނަން ހާމަނުކުރުމަށް ޝަރުޠުކޮށް ރޮއިޓާސް އަށް މަޢުލޫމާތު ދިން އިސްރާއީލުގެ ރަސްމީ ފަރާތަކުން ބުނީ ދެ ޕައިލެޓުންގެ މެދުގައި މާރާމާރީ ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން އެމެޖެންސީ ސިގްނަލް ފޮނުވީ ކަމަށެވެ. ފްލައިޑުބާއީގެ ބަހެއް ވަގުތުން ލިބިފައެއް ނުވެއެވެ.

ރޮއިޓާސް އާ ވާހަކަ ދެއްކި އިސްރާއީލުގެ ތިން ސެކިއުރިޓީ އޮފިޝަލަކު ބުނި ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތައް ބާއްވައިފައިވެއެވެ. އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ޖަމާއަތުގެ އަސްކަރިއްޔާގެ ޗީފް އީޔާލް ޒަމީރު ވައިގެ ސިފައިންގެ ކޮމާންޑަރާއި އެހެން އަސްކަރީ ވެރީންނާ އެކު ހާލަތު ވަޒަންކުރުމުގެ ބައްދަލުވުމެއް ވެސް ބާއްވައިފައިވެއެވެ.

ފްލައިޑުބާއީ އަކީ ދުބާއީ އާއި ތެލް އަވީވާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރާ އެއާލައިނެކެވެ. މި ރޫޓަކީ އިސްރާއީލު ރައްޔިތުންގެ މެދުގައި މަޤުބޫލު ރޫޓެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް
12 Oct 2026 ދުނިޔެ

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއް...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
11 Oct 2026 ދުނިޔެ

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދިން ޓެރަރިސްޓް ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ބައެއް ފަރާތްތައް ޝަހީދުވެ، ބައެއް ފަރާތްތަކ...

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 Oct 2026 ހަބަރު

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އ...

ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 Oct 2026 ދުނިޔެ

ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެ ގައުމުގެ ސިވިލް އެވި...