ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް ނަސީމް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުގެ މިނިސްޓަރ ކަމަށް، ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް އައްޔަންކުރައްވައިފިއެވެ.
ނަސީމް އެމަގާމަށް އައްޔަނު ކުރައްވާފައިވަނީ މިއަދު، ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ނަސީމްއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
އަހުމަދު ނަސީމްއަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގެ ފަހުކޮޅު، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ނަސީމް ވަނީ، ކޮޅުނބުގައި ގާއިމްވެ ހުންނަވައިގެން، އިދިކޮޅު އިއްތިހާދުގެ މަސައްކަތަށް ބޭރު ދުނިޔޭގެ ތާއިދު ހޯއްދެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް