ވިލުފުށީ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވިލުފުށީ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަޙީދާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ތާރިގާއި އެއްކޮށް އިއްޔެ ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެހެން ބައެއް އިސްވެރިންވެސް ވަނީ ބައިވެރުވެފައެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެފައިވާގޮތުން، އެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
އަދި އެ މައްސަލަތައް ހައްލު ކުރުމަށް، ދާއިރާގެ މެންބަރާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް