ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ހަނަފީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް މ. ސުހްރާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އައްޔަންކޮށްފިއެވެ.
ހަނަފީ މަގާމަށް އައްޔަންކުރުމަށްފަހު ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ރައީސް އޮފީހުގައި ބާއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ މި މަގާމަށް އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ހަނަފީއަކީ ޖޭޕީގެ ކައުންސިލް މެންބަރެއްވެސްމެއެވެ.
ހަނަފީ މަގާމަށް އައްޔަންކުރެވުނު އިރު، ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަންވަރު ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް