އިންޑޮނީޝިޔާއަށް ސުނާމީއެއް އަރައި 43 މީހަކު މަރުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑޮނީޝިޔާގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ސުނާމީއެއް އަރައި 43 މީހަކު މަރުވެއްޖެއެވެ.
ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ސުނާމީ އަރާފައިވަނީ އިންޑޮނީޝިޔާގެ ޕަންދެގްލަންގް، ސެރަންގް އަދި އުތުރު ލަންޕުންގްއަށެވެ. މި ސުނާމީ އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ސުނާމީ އެރުމަށް މެދުވެރިވި ސަބަބަކީ އަލިފާން ފަރުބަދައެއް ގޮވައި، އޭގެ ސަބަބުން ކަނޑުއަޑިން ގުޑުންކަމަށް ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. މިހާތަަނަށް މި ސުނާމީގެ ސަބަބުން 43 މީހުން މަރުވެ، 582 މީހުން ޒަހަމްވެފައިވާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
މި ސުނާމީގެ ސަބަބުން ފަތުރުވެރިކަން ކުރާ ސަރަހައްދުތަކަށާއި އާންމު ފަރުދުން ދިރިއުޅޭ ސަރަހައްދުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިންޑޮނީޝިޔާއަކީ އާންމުގޮތެއްގައި ސުނާމީއާއި ކުރިމަތިލާންޖެހޭ ގައުމެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް