ހައްޖު ކޯޕަރޭޝަނާއި ވެމްކޯއަށް އިސްވެރިން އައްޔަންކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދޭގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އިސްމާއީލް ހަމީދުއެވެ. އަަދި ވެމްކޯގެ އެމްޑީ މަގާމަށް އައްޔަންކޮށްފައިވަނީ އާދަމް މުހައްމަދުއެވެ.
މި ދެކުންފުންޏަށް އާ އިސްވެރިން އައްޔަންކޮށްފައިވާއިރު، މި ދެކުންފުންޏާއި މެދު ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.
އެގޮތުން ހައްޖު ކޯޕަރޭޝަންއިން ހައްޖަށާއި އުމްރާއަށް ދިއުމަށް މީހުން ދެއްކި ފައިސާއަށް ވީނުވީ ނޭނގި ގެއްލިފައިވާކަމަށްވަނީ ޓްރާންސިޝަން ކޮމިޓީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް