އެމެރިކާ ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަަޅާފައިވާ އާ ސަފީރު، އަލައިނާ ޓެޕްލިޓްޒް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
އަލައިނާ އެކަމަނާާގެ ފަތްކޮޅު، ރައީސްއަށް އަރުއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު ވަނީ، ދެގައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރުމާއި ބެހޭގޮތުން ދެފަރާތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ދެޤައުމުންވެސް އެޤައުމަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު މަޝްވަރާ ކުރައްވައި، އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.
އަލައިނާ އަކީ އާ ރައީސްއަށް ފަތްކޮޅު އެރުވި ފުރަތަމަ ސަފީރެވެ. މީގެ ކުރިން މި މަގާމުގައި ހުންނެވީ އަތުލް ކެޝްޔަޕްއެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް