N/A
N/A
ދުނިޔެ 26 Feb 2019 | 05:12

އިނގިރޭސީން ފޯޅަވަހި ކޮންޓްރޯލް ކުރަނީ ގަވާއިދާއި ޚިލާފަށް: އައިސީޖޭ

އިނގިރޭސިވިލާތުގެ ސަރުކާރުން 1960ގެ އަހަރުތަކުގެ ތެރޭގައި މީހުން ހުސްކޮށް، އެފަރާތުގެ ބާރުގެ ދަށަށް ފޯޅަވަހީގެ ޖަޒީރާ ރަށްތައް ގެންދިޔައީ އުސޫލުތަކާއި ޚިލާފަށްކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ބުނެފިއެވެ.

ނޮން ބައިންޑިންގް ނުވަތަ އަމަލުކުރަން މަޖުބޫރުނުވާގޮތަށް ނެރުނު މި އަމުރުގައި އެކޯޓުން ބުނެފައިވަނީ 1965ވަނަ އަަހަރު އެރަށްތައް މޮރިޝަސްެގެ ކިބައިން ވަކިކުރިއިރު އަމަލުކޮށްފައިވަނީ ފޯޅަވަހީގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތަށް ނޫންކަމަށެވެ.

އަދި ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް އިނގިރޭސިން ކުރަމުންދާ ވެރިކަން ހުއްޓާލުމަށް މި އަމުރުގައި ވަނީ އެދިފައެވެ.

މި މައްސަލަ އައިސީޖޭއަށް ހުށައެޅި މޮރިޝަސްއިން ބުނެފައިވަނީ ކުރިން އެގައުމުގެ ބައެއްގެ ގޮތުގައި އޮތް ފޯޅަވަހި، އެގައުމުން ވަކިކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށެވެ. އެގޮތުން މިއީ އދ.ގެ ޗާޓަރގައި ހިމެނޭ ރިޒޮލިއުޝަން ނަންބަރ 1514 އާއި ޚިލާފްކަމެއްކަމުގައި މޮރިޝަސް އިން ވަނީ ބުނެފައެވެ.

ފޯޅަވައްސަކީ އައްޑޫ ސިޓީގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ އަތޮޅެކެވެ. މިހާރު އެ އަތޮޅަކީ އިނގިރޭސި ސަރުކާރާއި އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން، އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ސަރަހައްދެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.