އޭދަފުށީގައި ރޭގަނޑު އެކަނި ނުކުންނަ ކުދިންނަށް ފުލުހުން ފާރަވެރިވަނީ!
ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރަށްނުކުމެ އުޅޭ ކުދިިންގެ މައުލޫމާތު ފުލުހުން ނަގަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މިކަމަކީ، ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިޔަކާއި ނުލައި ގެއިންބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް، ކުށްތަކަށް އަރައިގަނެވިފައިވާ ކުދިން އަލުން މުޖުތަމައަށް ނެރުމުގެ ގޮތުން ކުިއަށްގެންދާ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަން ފުލުހުން ކުރިއަށްގެންދަނީ، ކައުންސިލް އިދާރާތަކާ ގުޅިގެންނެވެ.
މިގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނުން މި މަސައްކަތް ފަށައިފައިވަނީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު މަދުކޮށް، ކުޑަކުދިން ހިމާޔަތްކޮށް އަދި ކުށް މަދު މުޖުތަމައެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށް ފުލުހުން ބުނެއެވެ.
ރަށްރަށުގައި އަމާން މުޖުތަމައުއެއް ޤާއިމްކުރުމުގެ ގޮތުން ފުލުހުން ދަނީ، ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް