ބަންގާޅު ސަރުކާރު ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު  ޔޫނުސް... ފޮޓޯ: އިންޑިއާ ޓީވީ
ބަންގާޅު ސަރުކާރު ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް... ފޮޓޯ: އިންޑިއާ ޓީވީ
ދުނިޔެ 23 May 2025 | 09:54

ބަންގްލަދޭޝްގެ މަސްރަހު އަނެއްކާވެސް ގޯސްވަނީ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ބަންގްލަދޭޝް، ސަރުކާރު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ ވާހަކަތަކެއް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބަންގާޅުގެ ބައެއް މީޑިއާތަކުން ބުނީ މައްސަލަ ގޯސްވީ، މިއަހަރުގެ ނިޔަލަށް އިންތިޚާބު ބާއްވަން ޖެހޭނެކަމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވަކަރުއްޒަމާން ވިދާޅުވުމާއި ގުޅިގެން ކަމަށެވެ. އިންތިޚާބު ބާއްވައިފިނަމަ ވަގުތީ ގޮތުން ބޮޑުވަޒީރުގެ ޒިންމާއާއި ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސްގެ ވެރިކަން ނިމުމަކަށް އައިސް، އައު ބޮޑިވަޒީރެއް އަންނާނެއެވެ.

އަސްކަރިއްޔާގެ ވެރިޔާގެ ވާހަކަތަކާއެކު އިސްތިއުފާ ދެއްވާނެކަމުގެ އިންޒާރު އިއްޔެ ޔޫނުސް ދެއްވިއެވެ. އެއާއެކު މިދިޔަ އަހަރު މުޒާހަރާކުރަން ނިކުތް ޒުވާނުންގެ ލީޑަރުން ވަނީ ޔޫނުސްއާއި ބައްދަލުކޮށް، އިސްތިއުފާ ނުދެއްވުމަށް އެދިފައެވެ. ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދެވި ޝެއިޚް ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވައްޓާލީ މި ޒުވާނުންތައް ނިކުމެ ވެރިރަށް ޑާކާއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާކޮށްގެންނެވެ. އަދި ޔޫނުސް ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވީ އެމީހުންގެ ރުހުމާއެކުގައެވެ.

ބައެއް މުހައްލިލުން ދެކޭ ގޮތުގައި ސިޔާސީ ފިއްތުންތަކާއެކު ގައުމުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލެން ނެތްކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވާނެކަމަށް ޔޫނުސް އިންޒާރު ދެއްވީ އޭނާއަށް އޮންނަ ސަޕޯޓް އިތުރުކޮށް، އަސްކަރިއްޔާގެ ވެރިޔާގެ ބާރު ކަނޑުވާލުމަށެވެ. ސަބަބަކީ ޔޫނުސް އިސްތިއުފާ ދެއްވައިފިނަމަ އަނެއްކާވެސް ޑާކާގެ މަގުތައް ހަލަބޮލިވެ، ޒުވާނުން މުޒާހަރާތަކަށް ނިކުމެދާނެކަމުގެ ބިރު އޮތުމެވެ.

ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު އިންތިޚާބެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވަމުންދާ މައްސަލައިގައި ބައިނަލްއަޤްވާނީ މުޖްތަމައުންވެސް މިހާރު ޔޫނުސްގެ ސަރުކާރަށް އަންނަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އަނެއްކޮޅުން ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ ބީ.އެން.ޕީ އިން މިހާރު ވަނީ މަގުތަކަށް ނިކުންނަން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް
11 Oct 2026 ދުނިޔެ

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބަނ...

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން
07 Oct 2026 ހަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރާޝިދުއްޒަމާން މިއްލަތު ވިދާޅުވެއްޖ...

ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
23 Sep 2026 ހަބަރު

ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ނިއު ޔޯކަށް ކުރަށްވަމުންދާ ދަތުރުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނާ ބައްދަލުކުރަ...

ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
19 Sep 2026 ހަބަރު

ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ

‏ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި އެ ގައުމުގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިގެން އެ މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ގަވާއިދ...