ރަސްދޫ އަލިފާނުގެ ހާދިސާ: ދެމަފިރީން ވަރަށް ބޮޑަށް ފިހިފައި، އުންމީދު ކުޑަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ. ރަސްދޫގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރީންގެ ހާލު ދެރަ ކަމަށާ އެ ދެމަފިރީންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.
އަލިފާނުގެ އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަަބެއް ސާފެއް ނުވެ އެވެ. އެ ތަހުގީގު ފުލުހުން ދަނީ ހިނގަމުންނެވެ.
އަލިފާނުގެ ހާދިސާ ގައި ފިހުނު ދެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ ދެމަފިރީންނެވެ. އެ ދެ މީހުންގެ އާއިލީ މީހަކު މިއަދު ބުނީ އެ ދެމަފިރީންގެ ހާލު ވެސް ދެރަ ކަމަށެވެ. ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.
އެންމެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާ އެވެ. ފިރިހެން މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ވެސް ވަނީ ފިހިފަ އެވެ.
އަލިފާނުގެ ލިބުނު އަނިޔާގައި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ފަންކްޝަނަށް އަސަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެހެން ކަމުން މުޅީން ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ އުންމީދު މިވަގުތު ކުޑަ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެ މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް