މާދަމާ ކަސްޓަމްސްގެ ބައެއް ހިދުމަތްތައް ލިބޭނެ: ކަސްޓަމްސް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ސަރުކާރު ބަންދުވި ނަމަވެސް، މާދަމާ ކަސްޓަމްސްގެ 3 ސެކްޝަނުން ހިދުމަތް ލިބޭނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ އިދާރާގެ ތިން ސެކްޝަނަކުން ހިދުމަތް ދެމުންދާނޭކަމަށެވެ.
މާދަމާ ހިދުމަތް ލިބޭނެ ސެކްޝަންތައް
-ޕެސެންޖަރ ކްލިއަރެންސް ސެކްޝަން
-އެއަރ ކާގޯ ޑޮކިއުމެންޓޭޝަން / އެގްޒަމިނޭޝަން ސެކްޝަން އަދި ކޫރިއަރ ކާގޯ ޔުނިޓް
-ހާބަރ މެނޭޖްމަންޓް ސެކްޝަން (ކަނޑު އުޅަނދު ފަހަރަށް އިންވާޑް / އައުޓްވާޑް ކްލިއަރްންސް ދޭންޖެހޭ ހާލަތްތަކުގައި)
މާދަމާއަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ޢީދު މީލާދީ ދުވަސްކަމަށް ވުމުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
މާދަމާއަކީ ގިނަ އިދާރާތަކާއި ވުޒާރާތައް ބަންދު ދުވަހަކަށް ވީނަމަވެސް، ކޮންމެހެން ބޭނުންވާނެ ހިދުމަތްތައް ދިނުމަށް ރައީސް ވަނީ އަންގަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް