އުރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފީފާ ވޯލްޑް ކަޕް ފެށުމާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު "އުރީދޫ ފުޓްބޯޅަ ފޯރި" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫއިން ބުނި ގޮތުގައި، މި ހަރަކާތަކީ ވޯލްޑް ކަޕްގެ ފޯރި ކުޑަކުދިންނާއި އާއިލާތަކަށް ގެނެސްދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ހަވީރުގައި ފުޓްބޯޅައާ ގުޅުންހުރި ތަފާތު ކުޅިވަރުތަކާއި، މަޖާ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގިނަ ކަންތައްތަކެއް ހިމެނޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
މިއީ އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫއިން ވަނީ ވީހާވެސް ގިނަ ކުޑަކުދިންނާއި އާއިލާތަކުން މި ހަވީރުގައި ބައިވެރިވެ، ފުޓްބޯޅައިގެ އުފާވެރިކަން ހޯދުމަށް ދައުވަތު އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް