ހިރިމަރަދޫ.. ފޮޓޯ: ޒުވާން މަސްވެރިޔާ
ހިރިމަރަދޫ.. ފޮޓޯ: ޒުވާން މަސްވެރިޔާ
ހަބަރު 01 Feb 2025 | 12:41

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމައިފި

ހދ.ހިރިމަރަދޫ މީހުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހިރިމަރަދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވަނީ ކ.ތުލުސްދޫއަށް ބަދަލުވުމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ އެރަށުގެ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެކްސްގައި ހީނާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ތަރުޖަމާނު ހާމައެއް ނުކުރައްވައެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ހިރިމަރަދޫ ކައުންސިލުން ވަނީ އެރަށުގެ މީހުން ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ތުލުސްދޫ ކައުންސިލުން ވަނީ އެކަމަށް މަރުހަބާ ކިޔާކަން ހާމަކޮށްފައެވެ. ހިރިމަރަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 590 އެވެ. ނަމަވެސް އެރަށުގައި ދިރިއުޅެމުންދަނީ އާބާދީގެ ނިސްބަތުން މަދުބައެކެވެ. އެއީ ގާތްގަނޑަކަށް 293 މީހުންނެވެ. ހިރިމަރަދޫއަކީ ލަފާފުރުމަށްވެސް ދަތި ރަށެކެވެ. ސަބަބަކަށްވަނީ ރަށުގެ ނެރު ތިލަވުމެވެ.

އުތުރުގެ ރަށްތަކުގެ ތެރެއިން ހދ.ހަނިމާދޫއަކީ މިހާރު ކުރިމަގުގެ ތަރައްޤީގައި އެންމެބޮޑު ކުރިއެރުމެއް އަންނާނޭކަމަށް ބެލެވޭ އެއް ރަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީގެ މަޝްރޫޢުއާއެކު އެ ރަށުގެ އިތުރުން ސަރަހައްދަށްވެސް ބޮޑު ކުރިއެރުންތަކެއް ލިބޭނޭކަމަށް ސަރުކާރުން ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ހަރުދަނާ އަހްލާގެއްގެ މަތީގައި ތިބުން މުހިންމު: ވަޒީރު ހީނާ
20 Nov 2026 ހަބަރު

ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ހަރުދަނާ އަހްލާގެއްގެ މަތީގައި ތިބުން މުހިންމު: ވަޒީރު ހީނާ

އެކަމަނާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.