ފުލުހުންގެ ފޮރެންސިކް ޓީމް ޕީއެސްއެމް ތެރެއަށް ވަދެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދައުލަތުގެ މީޑީއާ ޕީއެސްއެމް (ޕަބްލިކް ސާވިސް މީޑިއާ) ނިއުސްގެ ގިނަ ވީޑިއޯތަކެއް ޑިލީޓް ކޮށްލި މައްސަލައާކައި ގުޅިގެން ޕީއެސްއެމްގެ ތެރެއަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަދެއްޖެއެވެ.
ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ފުލުހުންްގެ ޓީމްދަނީ މިއަދު ހެނދުނުން ފެށިގެން ޕީއެސްއެމް ތެރޭގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ޕީއެސްއެމްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ ނިއުސްރޫމްގެ ސީސީޓީވީ ނިއްވާލައި ހާޑް ޑިސްކް ޑިލީޓްކޮށްލާ، އަދި އާކައިވްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކޮށްލާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް މިކަމާގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއްް ވަނީ ލިބޭގޮތްނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް