ެޕެޑުން ނަގާ ޓެކްސް އުވާާލުމުގެ ބިިލް ބަލައިގަނެފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މައްސަރުގެ ދުވަސްވަރު ބޭނުންކުރާ ޕެޑް ފަދަ ތަކެތިން ނަގާ ޖީއެސްޓީ ޓެކްސް އުވާލުމުގެ ބިލް، މަޖިލީހުގެ އިއްތިފާގުން ބަލައިގެންފިއެވެ.
މިއަދުގެ ޖަލްސާއަށް ހުށައެޅުނު މި ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކޮމެޓީއަށް ހުށައެޅުމަށް ކަނޑައެޅުނީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 65 މެންބަރުންގެ ވޯޓުންނެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލް ހުށައަޅުއްވާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲއެވެ.
ޕެޑުން ޓެކްސް މިވަގުތު ނެގެމުންދަނީ އެއީ ރާއްޖޭގެ ޓެކުހާއި ބެހޭ ގާާނޫނުގައި ޒަރޫރީ ބާވަތެއްގެ ގޮތުގައި ހިމަނާފައިނުވާތީއެވެ.
މައްސަރު ޓެކްސް އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ އެޖެންޑާގައި ކުރުމަށް ރާވާފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިކަމަށްޓަކައި ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި މީގެ ކުރިން ވަނީ އަޑު އުފުލައި، #މައްސަރުޓެކްސް ނަމުގައި ބޮޑު ކެމްޕެއިންއެއް ހިންގާފައެވެ. މި ކެމްޕެއިން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކުކަމުގައިވާ ޝަފާ ރަމީޒް ވޮއިސްއަށް މަައުލޫމާތުދެމުން ބުނީ ވައުދާއި އެއްގޮތަށް ފުރަތަމަ ރަސްމީ ހަތްދުވަހުގެ ތެރޭގައި މައްސަރު ޓެކްސް އުވާލުމުގެ މަސައްކަތް ފަށައިގަނެވުނީތީ ވަރަށް ބޮޑަށް އުފާކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް