އައިފޯން ގަންނަ މުވައްޒަފުންނަށް އަދަބުދެނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޗައިނާގެ ކުންފުންޏަކުން، އެކުންފުނީގެ މުވައްޒަފުންނަށް އެޕަލް އައިފޯން ގަތުން މަނާކޮށް ގަނެފިނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުދީފިއެވެ.
މިގޮތަށް އިންޒާރުދީފައިވަނީ ޝެންޒެން އަވަށުގެ މެޓްޕެޑް ކިޔާ ކުންފުންޏަކުންނެވެ.
މެޓްޕެޑް ކުންފުންޏަކީ ޗައިނާގެ މަޝްހޫރު މޯބައިލް ކުންފުނިކަމުގައިވާ ވާވޭގެ އެލްސީޑީ ސްކްރީން އުފައްދާ ކުންފުންޏެވެ.
މިގޮތަށް އަމަލުކުރުމަށް އެކުންފުނިން ނިންމާފަައިވަނީ ވާވޭ ކުންފުނީގެ ސީއެފްއޯ، އެމެރިކާއިން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކެނެޑާގައި ހައްޔަރުކޮށްފައިވާތީއެވެ. މިއީ މިކަމާއި ދެކޮޅަށް އަދި ގައުމިއްޔަތު އާލާކުރުމަށް ނިންމާފައިވާ ނިންމުމެއްކަމަށް މެޓްޕެޑުން ވަނީ ބުނެފައެވެ.
މެޓްޕެޑުންވެސް އެކުންފުނީގެ އަމިއްލަ ބޭނުންތަކަށް އެމެރިކާއިން އެއްވެސް އެއްޗެއް ނުގަތުމަށް ނިންމާފައެވެ. ހަމަ އެހެންމެ، އެކުންފުނީގެ މުވައްޒަފަކު ވާވޭ ނުވަތަ ޒެޑްޓީސީ ބްރޭންޑްގެ ފޯނެއް ގަންނަ ނަމަ، އޭގެ އަގުގެ ވަކި އިންސައްތައެއް ކުންފުނިން ދައްކައިދޭ ގޮތަށް އުސޫލެއްވެސް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް