N/A
N/A
ހަބަރު 22 Nov 2018 | 07:13

ޕީޕީއެމް ކޮންގްރެސްއަށް ވާގޮތެއް މިއަދު މެންދުރުފަހު

ނިމިދިޔަ ސެޕްޓެމްބަރ މަހު 28 ގައި ބޭއްވުނު ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށް އެޕާޓީއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 13:00 އަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

މިމައްސަލައިގައި ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމުގަ އިޖްރާއުތަކެއް ހުރި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮއްފައެވެ.

އަދި ކޮންގްރެސް ކުރިއަށްް ދިޔައީ އީސީގެ އޮބަޒާވަރުންގެ ހާޒިރުގާކަމަށާއި އެތަނުގައި އެއްވެސް މައްސަލައެއް ފާހަގަ ނުކުރައްވާ ފަހުން އިޖްރާއުތަކެއް ގޯސްކަމަށް އީސީއިން ވިދާޅުވީ ކަމަށެވެ.

މިއަދު ހުކުމް އިއްވޭ މިމައްސަލައާގުޅޭ ކޮންގްރެސްގައި ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އޭގޭތެރޭގައި އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުކުރުމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްޔަންކުރުން ހިމެނެއެވެ. އަދި އާ ކައުންސިލެއް ވެސް ޕީޕީއެމްއިން  މިކޮންގްރެސްގައި އެކުލަވާލިއެވެ.

ހައިކޯޓުން މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ މިމައްސަލައިގެ ހުކުމް އިއްވުމެއް ތާވަލްކުރުމަށްފަހު ކެންސަލް ކޮއްލާފައެވެ.

2016 ވަނަ އަހަރު ސިވިލް ކޯޓުންވަނީ ރައީސް އަބްދުﷲ ޔާމީންއާ ޕާޓީ ހަވާލުކޮށް ޕާޓީގެ ގައުމީ ޖަލްސާއެއް ނޫނީ ކޮންގްރެސް ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން ބޭއްވުމަށް ހުކުމް ކޮއްފައެވެ.

ނަމަވެސް ވޭތުވެދިޔަ ދެ އަހަރުވެސް ކޮންގްރެސް އެއް ނުބާއްވާ އެންމެފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވިއިރު ޕީޕީއެމްގެ ލީޑަރޝިޕް ސައްޚަ ނޫންކަމަށް ބުނެ އެޕާޓީ ރައީސް މައުމޫނަށް ހަވާލްކޮއްދިނުމަށްއެދި ސިވިލް ކޯޓަށް އަމިއްލަ މެންބަރަކކު ހުށައަޅާފައިވަނިކޮއްނެވެ. މިމައްސަލަ މިހާރުވަނީ ސުޕްރީމް ކޯުން ހުއްޓުވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.