N/A
N/A
ހަބަރު 26 Nov 2018 | 21:35

އެމްޑީޕީގެ ކޮމާންޑަރ ނިޔާވި ހަބަރަކީ ދޮގު ހަބަރެއް!

އެމްޑީޕީގެ މުޒާހަރާތަކުގައި 2012 ވަނަ އަހަރުން ފެށިގެން އިސްސަފުގައި ހަރަކާތްތެރިވަމުން އަންނަ އެޕާޓީގެ މަޝްހޫރު ކޮމާންޑަރ އާދަމް މޫސާ ނިޔާވެއްޖެކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އާދަމް މޫސާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ފަތުރަމުންދާއިރު އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާދެމުންނެވެ. ނިޔާވެފައިވަނީ އޭނާ ހުރިތަނާއި ކައިރީގައި އޮތް އެހެންމީހެއްކަމަށް މައުލޫމާތު ލިބެއެވެ.

އާދަމް މޫސަ ނިޔާވި ވާހަކަ ދޮގުކޮށްފައިވަނީ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ރަސީދު (ބޮންޑާ) އެވެ. އޭނާއަކީ އާދަމް މޫސަ ހާލު ދުވަހުން ދުވަހަށް ބަލަމުންއަންނަ ފަރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އާދަމް މޫސާ އާންމުގޮތެއްގައި އެމްޑީޕީގެ މުޒާހަރާތަކުން ފެނިފައިވަނީ ޖެހިލުންކުޑަ، ކެރޭ ފަރާތެއްގެ ގޮތުގައެވެ. އާދަމްއަށް އެމްޑީޕީގެ ކޮމާންޑަރުގެ ލަގަބު އެރުވުނީ، ފުލުހުން އަދި ސިފައިންނަށް ކޮމާންޑަރުން ތިބޭފަދައިން އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކޮމާންޑްކުރަން ހުންނަ ފަރާތަކަށް ވާތީއެވެ.

އާދަމްއަކީ އާންމުކޮށް މުޒާހަރާގައި ތިބޭ ފަރާތްތަކާއި އަމަން ބަލަހައްޓަން ތިބޭ ފުލުހުންވެސް ހެއްވާލާފަދަ މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ފަރާތެކެވެ.

އާދަމް މޫސާ އަކީ ސެކިއުރިޓީ ފާމެއްގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާވެސް އަދާކުރާ ފަރާތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.