ކިނބިދޫ ގޮނޑުދޮށުން ވެލި ނެގުމުގެ މައްސަލަ ބޮޑުވެ، އެކަން ނުކުރަން ކައުންސިލުން އެދިއްޖެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ކޮޅުމަޑުލު ކިނބިދު އަދި ކުޑަދޫ ސަރަޙައްދުގެ ގޮނޑުދޮށުން ދޮންވެލި ނަގަމުންދާތީ އެކަން ހުއްޓައިލުމަށް ކިނބިދޫ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
ރަށުގެ ހޭޅިފަށުން ފެށިގެން 200 މީޓަރުގެ ފަޅުތެރޭ ސަރަޙައްދުން ވެލި ނެގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
ވެލި ނެގުމުގެ ސަބަބުން ގޮނޑުދޮށް ގިރުމާއި ރަށުގެ ޤުދުރަތީ ރީތިކަމަށް އެކަމުން ގެއްލުންވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް އެ ކައުންސިލުން ވަނީ ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި ރާއްޖޭގެ އެކި ރަށްތަކުގެ ގޮނޑުދަށުން ބައެއް ފަރާތްތަކުން ދަނީ ވެލި ނަގައި އެ ވެލި ވިއްކައިގެން ވިޔަފާރި ކުރަމުންނެވެ. އެގޮތުން، ވެލި ނުނެގުމަށް ގިނަ ކައުންސިލް ތަކުން ދަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް